-Advertisement-

-Advertisement-

‎ހިޔާލުތަފާތުވިޔަސް ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަން ނެތިގެން ގޮސްގެން ނުވާނެ: ރައީސް

އީދު އަލި ފައްޓަވައި ދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް އަދި ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް ދިމާވިޔަސް އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއިއެކުވެރިކަން ނެތިގެން ގޮސްގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފިތުރު އީދަށް ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ދިއްލާލުން ފައްޓަވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ހަފުލާގައިވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދިވެހިންނަކީ އެއް ނަސްލަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ އަދި އެއްބައިވަންތަ، އެއްބައެއްވަންތަބައެއް ކަމުން އެ އެކުވެރިކަން ނެތިގެން ގޮސްގެން ނުވާނެ ކަމަށެވެ.

ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް، ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހިންކަން.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮންމެ ދުވަހެއް ނިމޭއިރުވެސް ދިވެހިންނަކީ އެއްބައެއްކަން ކުޑަކުދިންނަށް މައިންބަފައިން ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދިއެއްބައިވަންތަކަމުގެ އަޒުމް އާކުރައްވައި، އެއްބައިވަންތަކަމާއެކު ގައުމު އާރާސްތު ކުރުމަށް ގޮވާލެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-