-Advertisement-

-Advertisement-

‎ފޭދޫ ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އެޑިއުކޭޝަން މިނިސްޓާރ ފޭދޫ ސްކޫލްގެ އައު އިމާރާތުގައި ބިންގާ އަޅުއްވައި ދެއްވަނީ. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އައްޑޫ ފޭދޫ ސްކޫލްގެ އާ އިމާރާތުގެ ބިންގާ ރޭ އަޅައިފި އެވެ.

ފޭދޫ ހިއްކި ބިމުގައި އަޅާ 40 ކްލާސްރޫމްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގެވެ.

ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ވެރިންނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ އިތުރުންފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މިހާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޑޭކެއާ ސެންޓަރެއް ވެސް ހިމެނޭ ގޮތަށް ފޭދޫ ސްކޫލްގެ އާ އިމާރާތް ގާއިމް ކުރުމަށް ހަމަޖެހިފައިވާ އިރު، މި މަޝްރޫއަށް ޖުމްލަ 145292400ރ. ހަރުދާނެއެވެ. އަދި މި މަސައްކަތް 480 ދުވަހުހެ ތެރޭގައި ނިންމާނެ އެވެ.

އާ އިމާރާތުގެ ބިންގާ އެޅުމުގެ ކުރިން މި މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކީ ސޮއިކުރަން ފޭދޫސްކޫލްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކޫލް ވެގެން ދާނީ

ރާއްޖޭގެ ސްކޫލެއްގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގ އިތުރުން ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ޓާފްއެޅި ދަނޑެއްވެސް އޮންނާނެ ސްކޫލަކަށެވެ.

ފޭދޫ ސްކޫލްގެ އާ އިމާރާތުގެ ބިންގާ ރޭ އެޅި އިރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދޭން އާ ސްކޫލެއް ބިނާކޮށް ދޭނެ ކަމަށް ކުރީގެސަރުކާރުން ވެސް ވައުދުވެފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-