-Advertisement-

-Advertisement-

ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އަށް އިއްޒުއްދީން

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ޝައިޚް ޢިއްޒުއްދީން އަދުނާން އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެކަމަށްޓަކައި ރޭ އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމުތައް ޢިއްޒައްދީން ފުރައްވަމުން ގެންދަވާފައި ވާއިރު ، އޭނާ އެންމެ ފަހުން ހުންނެވީމިނިސްޓްރީގެ މުސާޢިދު ވާޢިޒުގެ މަގާމުގަ އެވެ.

އޭނާ މިހާރު ގައުމީ އިސްލާމިކް ޔުނިވާސިޓީގައި ގެންދަވަނީ ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ. ޢިއްޒައްދީން ވަނީ 2016 ގައި މާސްޓަ އޮފް ޝަރީޢާ ކޯސްފުރިހަމަ ކުރައްވައި ބުކް ޕްރައިޒް ވެސް ހާސިލްކުރައްވައިފަ އެވެ.

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުން އުފެއްދި ޒަކާތުގެ އިސް މަގާމަކަށް އިއްޒުއްދީން އައްޔަންކުރި އިރު، އެ އިދާރާއުފެއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރ 18 އެވެ. އަދި ޒަކާތު ހައުސް ރަސްމީކޮށް އިފުތިތާހު ކުރީ މި އަހަރުހެ ޖެނުއަރީ 2 ގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-