-Advertisement-

-Advertisement-

ފަހުރުވެރިވާންވީ އިސްލާމް ކަމުގެ ނިއުމަތަށް: ރައީސް

ރައީސް މުއިއްޒު އީދު އަލި ފައްޓަވައި ދެއްވަނީ. ފޮޓޯ:ރައީސް އޮފީސް

ފަހުރުވެރިވާންވީ މާތްﷲ ދެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށްވާ އިސްލާމް ދީނުގެ ނިއުމަތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައިސް މިހެން ވިދާޅުވީ ފިތުރު އީދަށްޢީދު އަލިއިފުތިތާޙް ކޮށްދެއްވައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކުރުމަށްފަހު ހުޅުވުމަށް ބޭއްވިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އިސްލާމް ދީނުގެ މަތީގައި ތިބި ފަހުރުވެރި ބައެއް ކަމަށާއި ދިވެއްސަކަށް ވީތީ ފަހުރުވެރިވާންވީ މާތްﷲ ދެއްވި އެންމެ މަތިވެރިނިއުމަތް ކަމަށްވާ، އިސްލާމް ދީނުގެ ނިއުތަމް ދެއްވާފައިވާތީ ކަމަށެވެ.

އަޅުގަނޑުމެންނަކީ އިސްލާމް ދީނަށް ނަސްރުދޭ، އިސްލާމްދީން ކުރިއެރުވުމުގައި ފަހުރުވެރިވާ ބަޔަކަށް ވާންޖެހޭ،ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ ޢީދާއި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމަށެވެ.

ޢީދު އަލިރައީސް އިފުތިތާޙް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައި ވެސް މި ލައިޓްތައް ދިއްލިގެން ދިޔަ އެވެ.

ރައީސް ވަނީ ކުރިއަށް އޮތް އަޟްޙާ ޢީދުގައި ޢީދުގެ ދިއްލުންތައް މިއަ ށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އަދި އަންނަ އަހަރުމާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި ޢީދު ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-