-Advertisement-

-Advertisement-

‎ބަދަލު ދިނީ ކުރީގެ ސަރުކާރުގެ އެއްބަސްވުންތަކަށް: ފިނޭންސް މިނިސްޓްރީ

ދައުލަތުން މި އަހަރު ބަދަލުގެ ގޮތުގައި ދޫކުރި ފައިސާއަކީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީންހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެގޮތުގައި 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އެ މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބަދަލު ދެމުން އަންނަނީ ކުރީގެ ސަރުކާރުގައި ބައެއް ޕޭމެންޓްތައް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރަމުންދަނީ އެ ފައިސާ ދޫކުރުން ލަސްކޮށްފިނަމަ ބޮޑު އިންޓްރެސްޓެއް އަރާނެތީ އެވެ.

މި މައްސަލައިގައި ދޭންޖެހޭ ހުރިހާ ފައިސާއެއް މާޗް މަހުގެ ނިޔަލަށް ދެވިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.


ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-