ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 8 އޭޕްރީލްގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕްލެޓްފޯމްތަކާއި ކައުންޓަރަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން 9،279،383 ރުފިޔާ ވަނީ ބަލައިގެންފައި ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މި ރަމަޟާން މަހު މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބަހަން ފަށާފައި ވަނީ ހޯމަ ދުވަހުއެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
އުރީދޫ އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ ހިމެނޭއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލުން ވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.