-Advertisement-

-Advertisement-

މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހަށް ޝަހީމް

އިސްލާމިކް މިނިސްޓާރ ޑރ.ޝަހީމް

މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމީލް އިސްލާމީ)ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޑރ. ޝަހީމް އެ މަގާމަށް ހަމަޖެއްސެވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމުލް އީސާ ކަމަށެވެ.

އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާ ކަމަށްވާ މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ އެ ޖަމިއްޔާގެ އެންމެ މަތީ މަޖިލީހެވެ.

ޝަހީމް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދުކަމާއި، ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީއާގެ (ފައުންޑިން) ޑީންކަމުގެ މަގާމުވެސް ޝަހީމް ވަނީ އަދާކުރައްވާފައެވެ.

މީގެއިތުރުން ޝަހީމް ވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައިވެސް ހިމެނިވަޑައިގަންނަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-