-Advertisement-

-Advertisement-

ހުއްދަ ނޫން ތަނަކަށް ވަދެ ރައީސްގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފި

ރައީސް މުއިއްޒު އީދު އަލި ފައްޓަވައި ދެއްވަނީ. ފޮޓޯ:ރައީސް އޮފީސް

ފިތުރު އީދަށް ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ހުއްދަ ނޫން ތަނަކަށް ވަދެ ރައީސްގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ޖުމްހޫރީ މައިދާނުގެ ބަންދުކޮށްފައިވާ ސަރަހައްދަށް އޭނާ ވަނުމުން ރައީސްގެ ސެކިއުރިޓީއިން އޭނާ އެތަނުން ނުކުތުމަށް އެއް ފަހަރު ވަނީ އަންގާފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އަނެއްކާވެސް އެތަނަށް ވަދެ ރައީސްގެ ފޮޓޯ ނަގަމުން ދަނިކޮށެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި ވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވުނު ނަމަވެސް އޭނާ ބަންދުގައި ބެހެއްޓުމަށް ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-