-Advertisement-

-Advertisement-

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަނީ

ހުޅުމާލެ ފޭސް3ގެ ބިން ހިއްކާ ސަރަހައްދު/ ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީއން ބުނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިމަކުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ފޭސް 3ގެ ބައެއް ސަރަހައްދު ތަކުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު ބިންހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން ވެސް އެޗްޑީސީއިން ވަނީ އަންގާފައެވެ.

އަދި އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީ އަދި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީއިން ވަނީ އުޅަނދުތައް ނެގުމަށް އިއުލާން ކުރުމާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާކަން ވެސް ފާހަގަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-