-Advertisement-

-Advertisement-

ފުލުހުން ޣިޔާސުއްދީން ސްކޫލު ބަނދުކޮއްފި

އެސްއޯ ފުލުހުން ޣިޔާސުއްދީން ސްކޫލު ގޭޓް ބަންދުކޮއްފައި – ފޮޓޯ: އަދަދު

ރައީސް ޔާމީންގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން ކުޑަތަންވެފައި އޮއްވައި ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ހުރަސް އަޅައިފައިވާކަމަށް ޕާޓީ އުފައްދަން އުޅުއްވައި އިސްވެރިން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ޖަލްސާއަށް ތައްޔާރުވެ އާންމު މެންބަރުންނާއި އިސްވެރިން ޣިޔާސުއްދީން ސްކޫލަށް ދިޔައިރު އެސްއޯ ފުލުހުންވަނީ ސްކޫލްގެ ގޭޓު ވަނީ ބަނދު ކޮއްފައިއެވެ. އެ ޕާޓީގެ އިސްވެރިން ފާއިތުވި ދުވަސްތަކުގައި ވަނީ މި ޖަލްސާ ބޭއްވުމުށް ސަރުކާރުން ހުރަސް އަޅުމުންދާ ކަމަށް ތުހުމަތުކޮއްފައިއެވެ.

ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މި ޖަލްސާ ޣިޔާސުއްދީން ސްކޫލު ހޯލުގައި ޖަލްސާ ބާއްވަން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ސްކޫލް އިނގާ ކުންފުނިއަށް ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ އެ ސްކޫލުގައި ހުއްދަ ނެތި އިވެންޓެއް ބާއްވާން މަސްއްކަތް ކުރަމުންދާ ކަމަށައި އެ އިވެންޓް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މިރޭ 6:42 ގައި އެދިފައިވާ ކަމަށެވެ.

އަދި ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ މެނޭޖްމެންޓިން މި ޖަލްސާ ރީ ޝެޑިއުލް ކުރުމަށް އެދި މަލީހު ޖަމާލަށް ފޮނުވާފައިވާ އީމެއިލްއެއް މީޑިއާ ތަކާއި ހިއްސާ ކޮއްފައިއެވެ.

ޣިޔާސުއްދީން ސްކޫލުގެ މެނޭޖްމެންޓިން މި ޖަލްސާ ރީ ޝެޑިއުލް ކުރުމަށް އެދި މަލީހު ޖަމާލަށް ފޮނުވާފައިވާ ކަމަށް ބުނާ އީމެއިލް ސްކްރީންޝޮޓެއް – މަސްދަރު: ދިވެހި ފުލުހުން

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-