-Advertisement-

-Advertisement-

ޕީއެންއެފް ޖަލްސާ ބްރިޖްވިއު ޕްލެޓްފޯމްގައި

ބްރިޖްވިއު ޕްލެޓްފޯމްގައި ކުރިޔަށްދާ ޖަލްސާ – ފޮޓޯ: ނިއުސްލެބް

މިރޭ ބޭއްވުމަށް ހަމަޖެއްސި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ ބްރިޖްވިއު ޕްލެޓްފޯމްގައި ކުރިޔަށް ގެންދަން ފަށައިފިއެވެ.

މިރޭ ފުރަތަމަ ޣިޔާސުއްދީން ސްކޫލު ހޯލުގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ފުލުހުން ހުރަސް އެޅުމާއި އެކު އެތާގައި ބޭއްވޭގޮތް ވަނީ ނުވެފައިއެވެ. ޕީއެންއެފް އިން ޣިޔާސުއްދީން ސްކޫލު ހޯލުގައި މި ޖަލްސާ ބޭއްވުމަށް ހުއްދަ ހޯދައި ފައިސާ ދައްކާފައިވި ނަމަވެސް ފަހުން އެ ސްކޫލުން ވަނީ އެ އިވެންޓް ރީ ޝެޑިއުލް ކުރަން ޕީއެންއެފް އަށް އަންގާފައިއެވެ.

އެ އެންގުމާއި އެކުވެސް ޖަލްސާ ކުރިޔަށްގެންދަން އުޅުމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމަށް ފުލުހުންވަނީ އެ ސްކޫލް ބަންދުކޮއްފައިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުންވާ ކުރީގެ މިނިސްޓްރ މަލީހު ޖަމާލް އެކްސް ގައި ޕޯސްޓް ކުރަމުން ބުނެފައިވަނީ ޕީއެންއެފް އުފައްދާ ޖަލްސާ މި ފަށަނީ ބްރިޖްވިއު ޕްލެޓްފޯމިން ކަމަށާއި މިރޭ މި ޕާޓީ އުފައްދާ ޖަލްސާ އޮންނާނެ ކަމަށެވެ.

މި ޖަލްސާއަށް ރައީސް ޔާމީންގެ އިނބިކަނބަލުން މެޑަމް ފާތުންވެސް ވަނީ ބްރިޖްވިއު ޕްލެޓްފޯމަށް ވަޑިއިގެންނަވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-