-Advertisement-

-Advertisement-

ޖަލްސާ ބާއްވަން ސޯޝަލް ސެންޓަރ ހަމަޖައްސައިދިނިން: ސަރުކާރު

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް. ފޮޓޯ: ރައީސް އޮފީސް

ޖަލްސާ ބާއްވަން ސޯޝަލް ސެންޓަރ ހަމަޖައްސައިދިީފައިވާނެ ކަމަށާއި ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

މިރޭ ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލުގައި ބޭއްވުމަށް އޮތް ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް އެ ސްކޫލް ބަންދުކުރުމާއި ގުޅިގެން ސަރުކާރުން ނެރުނު ނޫސް ބާޔާނުގައި ބުނެފައިވަނީ އެ ސްކޫލުގައި ޖަލްސާ ބޭއްވުމަށް ސްކޫލުން އުޒުރެވެރިވަތީވެ އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދެއްވައިފައި ކަމަށެވެ. އަދި ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާއި، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ސްކޫލް ހޯލުތައް ލިބުން ދަތިވެފައިވާތީ ސަރުކާރުގެ އިސްނެގުމުގެ މަތިން އެ ޖަލްސާ ބޭއްވުމަށް ސޯޝަލް ސެންޓަރުގެ މައި ހޯލު ވަގުތުން ހަމަޖައްސައިދެއްވާފައިވާ ކަމަށްވެސް ސަރުކާރުން ނެރުނު ނޫސް ބާޔާނުގައި ބުނެފައިވެއެވެ. 

ސަރުކާރުން އަބަދުވެސް ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކުރާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. 

ރައީސް އޮފީހުން މިހުން ބަޔާން ނެރުނު ކަމުގައި ވިޔަސް ޕީއެންއެފް އަށް ކުރިން ޣިޔާސުއްދީން ސްކޫލު ވިޔަފާރި އުސޫލުން ދީފައިވާކަން ހާމަވެފައިވެއެވެ. އަދި ފަހުން އެ ޖަލްސާ އެހެން ވަގުތަކަށް ބަދަލު ކުރުމަށް އެ ސްކޫލިން ޕީއެންއެފްއަށް ވަނީ އަންގާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-