-Advertisement-

-Advertisement-

ޕީއެންއެފްގެ ވަގުތީ ރައީސްއަކަށް ޒޭން

ރައީސް ޔާމީން އަދި ދަރިކަލުން ޒޭން

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ވަގުތީ ރައިސްއަކަށް ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އިންތިހާބިކޮއްފިއެވެ.

ތަފާތަ ހަމަނުޖެހުތަކަކަށް ފަހު އެންމެ ފަހުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު މި ޖަލްސާގައި އެ ޕާޓިގެ ރައީސް, ސެނެޓް, ޕާޓީގެ ކުލަ އަދި ލޯގޯވެސް ވަނީ ފާސް ކޮއްފައިއެވެ. ޕީއެންއެފްގެ ކުލަތަކަކީ ގުރާފެއްސާއި ކަނޑުނޫ، ލޯގޯގައި ތަރިއަކާއި ހުޅެވިހަނދެކެވެ.

މިރޭ 9 ޖެހި އިރު ޣިޔާސުއްދީން ސްކޫލު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފަހު ރާޅުގަނޑު ސަރަހައްދަށް ބަދަލުކުރީ އެސްއޯ ފުލުހުން އެ ސްކޫލުގެ ގޭޓް ބަނދުކޮށް ހުރަސް އެޅުމުންނެވެ. ފުލުހުން ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދި ލެއްވުމަށް ސްކޫލް ރައްކާތެރި ކުރުމަށް ފުލުހުން އެސަރަހައްދުގައި މިރޭ ހަރަކާތްތެރިވިކަމަށެވެ.

ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ނުބޭއްވުމުން މާލޭ ސިޓީ ކައުންސިލްގެ ހުއްދައާއި އެކުގައި އެ ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ބާއްވަން ނިންމި ކަމަށެވެ.

މި ޖަލްސާގައި ކުރީގެ ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން ޕާޓީގެ އާންމު 329 މެންބަރުން ބައިވެރިވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-