-Advertisement-

-Advertisement-

ފަލަސްތީނު ރައްޔިތުން މަތިން ހަނދާން ނައްތާނުލާ: އީދު ޚުތުބާ

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު – ފޮޓޯ: މިހާރު

ފިޠުރު އީދުގެ އުފާވެރި މުނާސަބަތުގައި ވެސް ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުން މަތިން ހަނދާން ނައްތާނުލުމަށް އީދު ޚުތުބާގައި އެދެފިއެވެ.

އީދު ޚުތުބާގައި މާތްވެގެންވާ ފަލަސްތީނުގެ ބިން ހިމާޔަތް ކުރުމަށް ފަލަސްތީނުގެ ރައްޔިތުން ވަމުންދަނީ ޖިހާދެއް ކަމަށް ފާހަގަ ކޮއްފައިވެއެވެ. އަދި ފަލަސްތީނު ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލުގެ މައްޗަށް އަލި އަޅުވާލަފައިވެއެވެ.

“އެ މީހުން ރޭއަޅުކަން ކުރަމުން ގެންދިޔައީ ސިހިޔޫނީންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތި ކޮށްލާފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައި. މި ހާލަތުގައި ވެސް އެ އަޚުންނާއި އުޚުތުންގެ ކިބައިން ފެނިގެން ދިޔައީ ﷲގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާ ފަދަ ވަރުގަދަ އީމާންކަން،” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުންވެސް ރަމަޟާން މަހުގައި ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަނެ ކުރިޔަށް އޮތްތާގައިވެސް ހެޔޮއަމަލުތައް ކުރުމުގައި ދެމިތިބުނަށް ވަނީ ނަސޭހަތްތެރި ވެފައިއެވެ.

ހުތުބާގައި ވަނީ، ފަލަސްތީނު ރައްޔިތުންނަށް ނަސްރުދެއްވުން އެދި ދުއާކުރުމަށާއި، އަދި ގާބިލިއްޔަތު ތަންދިން މިންވަރަކުން އެމީހުންނަށް އެހީގެ އަތް ދިއްކޮށްލުމުގައި ފަސްނުޖެހުމަށް ވެސް ނަސޭހަތްތެރިވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-