-Advertisement-

-Advertisement-

އީދު ބަންދަށް ފަހު އެމްޑީޕީގެ ޓީމުތައް ސިޔާސީ ހަރަކާތްތައް ދަތުރުފަށާނެ، ކެމްޕޭނުތައް ވަރުގަދަ ވާނެ: އީސާ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

އީދު ބަންދަށް ފަހު އެމްޑީޕީގެ ޓީމުތައް ސިޔާސީ ހަރަކާތްތައް ދަތުރުފަށާނެކަމަށާއި މި ދަތުރުގައި ކެމްޕޭނު ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށް އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އީސަ ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހު ގިނަ ސިޔާސީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރޭވިފައި ވާކަމަށާ، ޢީދު ބަންދަށް ފަހު އެމްޑީޕީގެ ޓީމުތައް ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަތުރުފަށާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހަތްދިހަ ޕަސެންޓު ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރޭ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ކެމްޕެއިން ކުރައްވާ ޓީމުތައް ލީޑު ކުރައްވާނީ އެ ޕާޓީގެ އެޑްވައިޒާ، އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން، އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު، ކުރީގެ ޗެއަރ ޕާސަން މާރިޔާ ދީދީ އަދި އެމްޑީޕީގެރައީސް އަބްދުﷲ ޝާހިދު ކަމަށެވެ.

މީގެއިތުރުން ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުން, ދާއިރާތަކުގެ ހުރިހާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު އީސާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-