-Advertisement-

-Advertisement-

ހަނގުރާމަ ހުއްޓާލަންދެން އިޒްރޭލަށް މުދާ އެކްސްޕޯޓު ކުރުން ހުއްޓާލާނަން: ތުރުކީ

ތުރުކީން ވަނީ އިޒްރޭލަށް ބައެއް މުދާ އެކްސްޕޯޓު ކުރުން ހުއްޓާލާފައި --

އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަންދެން ތުރުކީން އިސްރާއީލަށް ވަކި ބާވަތްތަކެއްގެ މުދާ އެކްސްޕޯޓު ކުރުން ހުއްޓާލުމަށް އެ ގައުމުން ނިންމައިފިއެވެ.

އެގޮތުން އިޒްރޭލުން ކެނޑިނޭޅި ބައިނަލްއަގުވާމީ ގާނޫނާއި ހިލާފަށް ޣައްޒާ އަށް ހަމަލާ ދެމުންދާ ކަމަށާއި، އދ އަށް ވެސް އިޒްރޭލުން ބޯ ނުލަބާ ކަމަށް ތުރުކީގެ ޓްރޭޑް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިހުރިހާ ކަމެއް އިޒްރޭލުން ތަންފީޒު ކުރާ ގޮތް ތުރުކީން ބަލަމުންދާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށާއި، ނަމަވެސް އެ ގައުމުގެ ފަރާތުން އެދެވޭ ބަދަލެއް ނުފެނުމުގެ ސަބަބުން، ތުރުކީން އެގައުމުން އިޒްރޭލަށް ބޭރުކުރާ 54 ބާވަތެއްގެ މުދާ ބޭރު ކުރުން ހުއްޓާލީ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ހަފްތާގެ ހޯމަ ދުވަހު ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވަނީ ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދޭނެ ގޮތްތަކަށް އިޒްރޭލުން ދެކޮޅު ހެދުމާއި ގުޅިގެން އިޒްރޭލާ މެދު ފިޔަވަޅު ތަކެއް އަޅާނެ ކަމަށް ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-