-Advertisement-

-Advertisement-

ސަރުކާރު އޮފިސްތަކުގައި ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ އެސެމްބްލީއެއް

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް އެސެމްބްލީ އެއް ބާއްވަނީ --

ސަރުކާރު އޮފިސްތަކުގައި ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ދިވެހި ބަހުގެ އެކަޑަމީން އެދިއްޖެއެވެ.

ދިވެހި ބަހުގެ އެކެޑަމީން ދައުލަތުގެ ހުރިހާ ވުޒާރާއަކަށާއި މިނިވަން މުއައްސަސާތަކާއި ލޯކަލް ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ރޯދަމަހުގެ ފަހު ދިހައެއްގެ ބަންދަށްފަހު އެ އޮފީސްތައް ހުޅުވާ އިރު، ހުރިހާ މުވައްޒަފުން ހިމަނައިގެން އަންނަ ހޯމަ ދުވަހު ހާއްސަ އެސެމްބްލީއެއް ބާއްވައިދޭން އެދޭ ކަމަށެވެ.

ދިވެހި ބަހުގެ ދުވަހަކީ މި މަހުގެ 14 ވަނަ ދުވަހަށް ވާއިރު، ދިވެހި ބަހުގެ އެކެޑަމީ އިން ބުނީ އެސެމްބްލީ ބާއްވާނީ، އެ ދުވަހުގެ ހެނދުނު 10:00 އިން 10:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ދިވެހި ބަހުގެ އެކެޑަމީން އިތުރަށް ބުނީ، ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމަށްޓަކައި، ދިވެހި ބަހުގެ ދުވަހުގައި އޮފީސްތަކުގެ މެދުގައި އަތު ލިޔުމުގެ މުބާރާތެއްވެސް ބާއްވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-