-Advertisement-

-Advertisement-

ފިތުރު އީދުގެ މުނާސަބަތުގައި މާލޭގައި މިރޭ ހަވާ އަރުވަނީ

ހަވާ އަރުވާ މަންޒަރު ބަލަން ތިބި މީހުން ތަކެއް --

ފިތުރު އީދުގެ މުނާސަބަތުގައި މާލޭގެ އާޓިފިޝަލް ބީޗުގައި މިރޭ 10:00 ގައި އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިރޭ އީދުގެ މުނާސަބަތުގައި ހަވާ އަރުވަން ނިންމާފައިވާއިރު އެކިއެކި މުނާސަބަތުތަކުގައި މީގެ ކުރިންވެސް ވަނީ މާލޭގައި ހަވާއަރުވާފައެވެ. އަމިއްލަ ފަރާތްތަކުން އެދިގެން ވެސް ވިޔަފާރި އުސޫލުން އެމްއެންޑީއެފް އިން ހަވާއަރުވައިދެއެވެ. އެގޮތުން ކައިވެނި ހަފްލާތަކުގަ އާއި އުފަންދުވަސް ފާހަގަކުރުމަށް ވެސް ބައެއް ފަރާތްތަކުން ހަވާއަރުވަން އެދެއެވެ.

ހަވާ އަރުވާތަން ބަލާލަން ދިއުމަކީ ގިނަ ބަޔަކު ކުރާކަމެކެވެ. ހަވާ އަރުވާ ގަޑި ދުރާލައި އެމްއެންޑީއެފް އިން އިއުލާން ކުރުމާއެކު ހަވާ އަރުވާ ސަރަހައްދުން ޖާގަ ހޯދުމަށް އެތައް ގަޑިއިރެއްގެ ކުރިން ގިނަ ބަޔަކު އެއްވެއެވެ.

އެންމެ ފަހުން އެންމެ ދިގުކޮށް (10 މިނެޓް) އަށް ހަވާ އަރުވާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ބައިވެރިވެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-