-Advertisement-

-Advertisement-

ސީޕީގެ ހުއްދަ އާ ނުލާ އެސްއޯ ފުލުހުން ނުނެރޭވޭ ގޮތަށް ހަމަޖައްސައިފި

ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއަޅަނީ / ފޮޓޯ: އަދަދު

ސީޕީގެ ހުއްދަ އާ ނުލާ އެސްއޯ ފުލުހުން ނުނެރޭވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވަނީ ޣިޔާސުއްދީން ސްކޫލްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފައްދަވަން މަސައްކަތްކުރާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ފުލުހުންގެ ފަރާތުން ކުރިމަތިކުރި ހުރަސްތަކުގެ ސަބަބުން އެކަން ހިނގާދިޔަގޮތުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ރިވިއުކުރުމަށްފަހުއެވެ.

ރައީސް ވިދާޅުވެފައިވަނީ ޣިޔާސުއްދީން ސްކޫލްގައި ޕީއެންއެފް އުފެއްދުމަށް ކުރިޔަށްދިޔަ ޖަލްސާއަށް ފުލުހުން ހުރަސްއަޅާފައިވަނީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުންނަށް އެމަނިކުފާނު އިރުޝާދު ދެއްވާފައިވަނިކޮށްކަމަށެވެ. އަދި އެކަން ހިނގިކަން އޭރު އެނގިވަޑައިނުގަންނަވާކަމަށެވެ.

ޕީއެންއެފް ގެ ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ދާހިލީ ވުޒާރާ މެދުވެރިވެ ފުލުހުންގެ ކިބައިން ރިޕޯޓެއް ހޯއްދަވާފައިވާއިރު އެ ރިޕޯޓާއި ގުޅިގެން 5 ފިޔަވަޅެއް އެޅުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އެއީ:

  • އެސްއޯ ފުލުހުން ނެރެވޭނެ ހާލަތްތައް މުރާޖައާކޮށް، އެ ހާލަތްތަކުގައިވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ކޮމިޝަނަރުގެ ހުއްދަ ހޯދައިގެ ދަށުން އެކަން ކުރުން
  • ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުން
  • ޣިޔާސުންދީން ސްކޫލަށް އެސްއޯ ފުލުހުން ފޮނުވުނު ގޮތް ބަލައި އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތެއްވާނަމަ ގާނޫނީ ފިޔަވަޅު އެޅުން
  • އޮޕަރޭޝަންސް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދޭ އުސޫލު މުރާޖައާކޮށް ދެފުއްފެންނަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ދެވޭނެގޮތް ހެދުން
  •  ޣިޔާސުންދީން ސްކޫލު ސަރަހައްދުގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ފުލުހުންގެ ޔޫޒް އޮފް ފޯސް ރިވިއު ކޮމެޓީން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-