-Advertisement-

-Advertisement-

ޕީއެންސީ ވެރިކަމުގައި ރައްޔިތުންގެ ބާރު ހަނިކޮށް ލާމަރުކަޒީ ސިޔާސަތު އެފުށް މިފުށަށް ޖަހާނެ: ފައްޔާޒް

ފައްޔާޒު އިސްމާއިލް

ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގައި ޑިމޮކްރަސީގެ އަސާސްތަކާ ދުރުވެ، ރައްޔިތުންގެ ބާރު ހަނިކުރާ ކަމަށާއި އަދި ލާމަރުކަޒީ ސިޔާސަތު އެފުށް މިފުށަށް ޖަހާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒ މިފަދައިން ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކު މެދު ދާއިރާގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ވެރިކަންތަކުގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔައިރުވެސް މަޖިލީހުގެ މެންބަރުން މަސައްކަތް ކުރެއްވީ ސަރުކާރު ދިފާއު ކުރުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ތަރައްގީ ގެނެވޭނީ ސަރުކާރާއެކު މެންބަރުން ތިބެގެންކަން ވިސްނައި ދެމުންދާ ކަމަށާއި އެއީ ހަގީގަތެއް ނަމަ، 18 ވަނަ މަޖިލީހުގެ ދައުރުގައި ފުވައްމުލަކު ތަރައްގީ ވާނެ ކަމަށެވެ. އޭރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ރައްޔިތުންގެ ވާހަކަ ނުދެއްކި ނަމަވެސް، ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން އެމްޑީޕީގެ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ. މާލޭގައި ތިބެގެން ހުރިހާ ރަށެއްގައި ކަންކަން ނުހިންގޭނެ. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ މަންދޫބުން ރަށު ފެންވަރުން ފެށިގެން ގޮސް މަޖިލިސްއާ ހިސާބުން ސަރުކާރަކަށް ގެންގޮސްގެން، ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން ފުރިހަމަކޮށް އެކަން ކުރެވޭނީ،– ފައްޔާޒު

އެމްޑީޕީގެ ވެރިކަންތަކުގައި މަޖިލީހުގެ ބާރު ވަކި މިނިވަން ބާރެއްގެ ގޮތުގައި ހިނގަމުން ދަނީ ޕާޓީގެ ފަލްސަފާ އެގޮތަށް އޮތުމުން ކަމަށާއި ޕީޕީއެމްއިން މަސައްކަތް ކޮށްފައި ވަނީ އަދި ކުރާނީ ޑިމޮކްރަސީގެ ތެރެއިން ވޯޓު ހޯދައިގެން ވެރިކަމަށް އައުމަށް ފަހު ޑީމޮޮކްރަސީއާ ހަމަތަކާ ދުރުވުމަށް ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-