-Advertisement-

-Advertisement-

ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާގޭ ތަޅާލަނީ

ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން / ފޮޓޯ: ސަން

ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާގޭ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އެ ގެއަކީ މީހުން ދިރިނުއުޅޭތާ ގިނަ ދުވަސް ވެފައިވާ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ އިމާރާތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މަގުމަތީ ހިނގާބިނގާވެ، އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށެވެ.

ރޭ އެ އަލިފާނުގެ ހާދިސާ ހިނގީ ކެނެރީމަގުގައި ހުންނަ ރަބީއުވިލާގޭ ހަތަރު ވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-