-Advertisement-

-Advertisement-

ޗައިނާ އިން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖޭގެ ވިޔަފާރިވެރިން ޗައިނާ އިން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މަޖިލިސް ކެމްޕޭނަށް ސަރުކާރު ކޯލިޝަނުން މިއަދު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ސައީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒުހުރީ މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ވެސް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށް ވުރެ ވެސް ދަށްކުރުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރީގައި ހުޅުވާލެވިފައި އޮތް ގައުމެއް ކަމަށާއި ޗައިނާއާ އެކީ 720 މިލިއަން ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާ އެކީ 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށެވެ.

އަދި އަމާޒުހުރީ ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ޤައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށާއި އެންމެ އަވަހަށް އެކަން ވާނީ ޗައިނާގައި ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މި އިންތިޒާމު ހަމަޖެހުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ 30 ނުވަތަ 40 ފަސެންޓް ވަރުގަދަ ވާނެ ކަމަށެވެ. އަދި ނަތީޖާ އަކީ ޑޮލަރުގެ ރޭޓް 15.42 އަކަށް ވުރެ ވެސް ދަށަށް ދިއުން ކަމަށް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-