-Advertisement-

-Advertisement-

މަޖިލީހުން ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސް ނުރުހުން ފާޅުކުރައްވައިފި

ޕީޕީއެމް/ޕީއެންސީގެ އިވެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ފަޔާޒް މޫސާ، މިހާރު

މަޖިލީހުން ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސް ޑރ. މުއިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ލ. އަތޮލަށް ފެއްޓެވި މަޖިލިސް ކެމްޕޭން ދަތުރުގައި ލ. މާވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިންމު ތަނަކަށް ވިޔަސް މިހާރުގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށެވެ.

މިހާރު މަޖިލީހުގެ ކޮމިޓީގައި މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭން ޖެހޭ ރުހުން ހޯދުމަށް. މިއީ އަސްލުގައި ވަރަށް ކުޑަ ކަމެއް،” ރައީސް ވިދާޅުވި އެވެ. “އެކަމަކު އެ ކޮމިޓީ ނުބާއްވަ ދެއްވައޭ. ނުބޭއްވި. ހަމަ ދިގުލައިގެން އެ ދަނީ. ސަފީރުން އެ ތިބީ ނުފޮނުވިފައި.. ރައީސް

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންކަން މަޑުޖެހޭ ގޮތަކަށް ކުރިއަށް މަޖިލިސް އިންތިހާބުގައި ވޯޓް ނުދޭން އެދިވަޑައިގަންވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ބާރު ސްޕީޑުގައި ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ އެކަންތައް ކުރުމަށް މަޖިލީހުން ފާސް ކުރަން ޖެހޭ ބަޖެޓުތައް ފާސް ނުކޮށްފިނަމަ ތަރައްގީގެ ދުވެލި މަޑުޖެހިގެންދާނެ ކަމަށާއި މިވީ4 މަސް ދުވަހުވެސް މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-