-Advertisement-

-Advertisement-

ސައްހަ ނޫން ޑޮލަރު ދައުރުވަމުންދާތީ ސަމާލުވާން ފުލުހުން އެދިއްޖެ

ސައްހަ ނޫން އެމެރިކާ ޑޮލަރު ރަމްޒުކޮށްދޭ ފޮޓޯއެއް

ސައްހަ ނޫން ޑޮލަރު ދައުރުވަމުންދާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވަނީ ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ ޑޮލަރު ގަތުމުގެ މުއާމަލާތް ނުކުރުމަށް އެދިފައެވެ. އަދި އެފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް އެދިފައި ވެއެވެ.

ރާއްޖޭގައި ވަގުނޫޓު ދައުރުވުން އާންމު ވެފައިވާއިރު ދާދި ފަހުން ފުލުހުން ވަނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ތަހުގީގު ކުރަން ފަށާފައެވެ.

މިހާރު ދައުރުވަމުންދާ ސައްހަ ނޫން ޑޮލަރު އަސްލާ ދާދި އެއްގޮތް ނަމަވެސް ދެ ފަރާތުގައި ‘ކޮޕީ’ އިނގިރޭސި ބަހުން ލިޔެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދުކޮށްފައި ވާކަމަށެވެ.

އަދި 100 އެމެރިކާ ޑޮލަރުގެ ސައްހަނޫން ނޫޓު ތަކެއް ދައުރުވަމުން ދާތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ 100 އެމެރިކާ ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-