-Advertisement-

-Advertisement-

ހުޅުމީދޫ އާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަޝްރޫއަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ސޯލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ހުޅުމީދޫ އާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަޝްރޫއަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިފަދައިން ވިދާޅުވީ  ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސޯލިހު ވިދާޅުވީ އައްޑޫގައި ބުރިޖެއް ހެދުމުގެ ކުރިން ސަރުކާރުން ކުރަންވީ ކަމަކީ ބުރިޖު މަތިން މީހުން ދަތުރުކުރަންވީ ސަބަބެއް ދެއްކުން ކަމަށާއި އަދި ވިދާޅުވީ ބުރިޖުގެ މަޝްރޫއަށް ވުރެ ބޮޑަށް މުހިންމީ އައްޑޫގައި ވަޒީފާގެ ފުރުސަތުތަކެއް އުފައްދައި އިގުތިސޯދީ ގޮތުން ކުރިއެރުވުމުގެ މަސައްކަތް ކަމަށެވެ.

މިއަދުގެ ސަރުކާރުން ވައުދުތަކެއް އެބަވޭ، އަޅުގަނޑު ހިތުން ހުޅުދޫ މީދޫ އާއި ހިތަދޫ ގުޅައިލުމުގެ ވާހަކަތަކެއް އެބަ ދެކެވޭ، ކުރައްވަންވީ އެހެން ނަމަވެސް ތަރުތީބެއް އޮންނަން ޖެހޭނެ ކަންތައްތަކުގައި. ކުރައްވަންވީ އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު އެކަމަށް އޮންނާނެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން ލިބެންޖެހޭ ހުރިހާ ތާއީދެއް އެކަމަށް އޮންނާނެ،– ރައީސް

އެމްޑީޕީން ޕްލޭން ކޮށްފައި އޮތީ ބުރިޖު ހެދުމުގެ މަސައްކަތާ އެކު އިގުތިސޯދީ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެމްޑީޕީގެ އެ ޕްލޭން ކާމިޔާބުކުރުމަށް އައްޑޫގެ ދާއިރާގެ ގޮޑިތަކަށް އެމްޑީޕީގެ މެމްބަރުން އިންތިހާބުކޮށް، މަޖިލީހުގެ މެޖޯރިޓީ ހޯދުން މުހިންމު ކަމަށް ސޯލިހު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-