-Advertisement-

-Advertisement-

ދެކުނު ކޮރެއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ދެކުުނު ކޮރެއާގެ ބޮޑު ވަޒީރު

ދެކުނު ކޮރެއާގެ އާންމު އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވުމުން އެގައުމުގެ ބޮޑުވަޒީރު ހަން ޑަކްސޫ އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ހަން ޑަކްސޫ ވަނީ އިސްތިއުފާ ދެއްވުމަށް ނިންމަވައި އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ. މި އިންތިހާބުގައި އިދިކޮޅު ޕާޓީން ވަނީ ބޮޑުތަނުން ކުރި ހޯދާފައެވެ.

ބޮޑުވަޒީރުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅައިފައެވެ. އެގޮތުން ރައީސްގެ ސެކެޓްރީންގެ އިތުރުން ޗީފް އޮފް ސްޓާފާއި ޗީފް އޮފް ސެކިއުރިޓީ ފޯ ޕޮލިސީ އިސްތިއުފާ އަށް ހުށަހަޅުއްވާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު ކޮރެއާގެ އާންމު އިސްތިހާބުގައި މަޖިލީހަށް 300 މެމްބަރުން ހޮވާ އިރު، އެގައުމުގެ އެކި ކަންކޮޅުތަކުގައި 14 ހާހަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިއެވެ.

މި އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވަނީ އިންތިހާބުގެ ފަސްބައިކުޅަ ތިންބައި ގޮނޑި ކާމިޔާބުކޮށްފައެވެ.

އިންތިހާބުގެ ނަތީޖާ ގަޕޫލުފުޅު ކުރައްވައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޮލް ވަނީ ދައުލަތުގެ ގިނަ ކަންކަން ހަމަޔަކަށް އެޅުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި ގައުމުގެ އިގުތިސޯދާއި އާންމު ދިރިއުޅުން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-