-Advertisement-

-Advertisement-

އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން އެ ގައުމުގައި ރޯޑް ޝޯތަކެއް ބާއްވަން ނިންމައިފި

އިންޑިއާގެ ދެ ފަތުރުވެރިއަކު ރާއްޖޭގައި

އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން އެ ގައުމުގައި ރޯޑް ޝޯތަކެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ބުނީ އިންޑިއާގެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއި ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ބޭނުންވާ ކަމަށެވެ.

މަޓާޓޯގެ އިސް ބޭފުޅުން ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވީރުއާ ބައްދަލުވެސް ކުރައްވައިފަ އެވެ.

އަދި މި ބައްދަލުވުމުގައި އިންޑިއާގެ އިންފްލުއެންސަރުން ރާއްޖެ ގެެނެސް ރާއްޖެ ޕްރޮމޯޓްކުރަން ވެސް ވަނީ ނިންމައިފައެވެ.

މި ދޭތެރެއަކުން ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އެ ގައުމަށް މަލާމާތްކުރުމާއި ގުޅިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ އެ ގައުމުން އަންނަ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މި މައްސަލައިގައި  ރާއްޖެ ބޮއިކޮޓްކޮށް އެ ގައުމުގެ ލަކްޝަދީޕަށް ފަތުރުވެރިން ދިއުމަށް ގޮވާލާ އިންޑިއާގެ ބޮލީވުޑްގެ އެކްޓަރުން ހިމެނޭހެން ވަރުގަދަ ކެމްޕޭނެއް ވެސް ވަނީ ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-