-Advertisement-

-Advertisement-

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ރައީސަށް އައްޑޫ ސިޓީއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި /ފޮޓޯ: ރައިސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް އެ މަނިކުފާނަށް ކިޔައިފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް، އައްޑުއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެ ސިޓީގެ ކުދި ބޮޑު ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

ރައީސް އައްޑުއަށް ވަޑައިގެންނެވީ، ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ. އެގޮތުން ރައީސް ވަނީ ލ. މާވަށް، އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ވަޑައިގެން އެރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-