-Advertisement-

-Advertisement-

ކެމްޕޭނު ކުރަން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި، ސަރުޚާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން: ސޯލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މަޖިލީހަށް ކެމްޕޭނު ކުރަން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށާއި ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ކެމްޕޭނު ކުރަން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެ ކަމަށާއި އެގޮތުން މި ޖަލްސާ އަށް ވެސް އަންނަން ޖެހިލުންވެފައި ތިބި އެތައް ބަޔަކު ތިބި ކަމަށެވެ.

އަޅުގަނޑު މި ދެންނެވީ ވަޒީފާގެ ބިރުވެރިކަމުގެ ވާހަކަ. ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހަކަށް، ކުންފުންޏެއްގެ ވަޒީފާއެއްގައި ހުރި މީހަކަށް، ސަރުކާރު ކެންޑިޑޭޓޭ އެކިޔާ ކެންޑިޑޭޓުގެ ފަހަތުގައި ނޫނީއްޔާ މަސައްކަތް ކުރުމުގެ ފުރުސަތެއް ސަރުކާރަކުން ނުދޭ. މަޖުބޫރު ކުރުވައިގެން އެކަން އެބަ ކުރަމުން ގެންދޭ،–ސޯލިހު

މި ބިރުވެރިކަމުގެ ތެރޭގައި ތިބެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖެ ދާނީ އެތައް އަހަރެއް ފަހަތަށް ކަމަށް ސޯލިހު ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުން އެކަން އެގޮތަށް ވެގެންދިޔުމަށް ފުރުސަތު ނުދޭނެ ކަމަށާއި އައްޑޫގެ ތަރައްގީ އަށާއި އަދި މުޅި ރާއްޖޭގެ ކުރިއެރުމާއި ސުލްހަ އާއި ހަމަޖެހުމަށް އިސްނަގައި އެމްޑީޕީ އަށް ގޮނޑިތައް ކާމިޔާބުކޮށްދޭނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-