-Advertisement-

-Advertisement-

ޗައިނާއިން މިއަހަރުގެ މިހާތަނަށް 71،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފަތުރުވެރިންތަކެއް ހުއްޓިލައިގެން --

ޗައިނާއިން މިއަހަރުގެ މިހާތަނަށް 71،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތްގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 650،404 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 71،136 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގައި ރާއްޖޭގައި ޗައިނާ މާކެޓު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ 65،898 ފަތުރުވެރިންނާއެކު ރަޝިޔާއެވެ. ތިންވަނައިގައި 65،731 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު 60،709 ފަތުރުވެރިންނާއެކު ހަތަރު ވަނައިގައި އޮތީ އިޓަލީއެވެ.ފަސްވަނައިގައި އޮތީ 51،075 ފަތުރުވެރިންނާއެކު ޖަރުމަނެވެ.

ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 6،570 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 13.6 ޕަސަންޓް އިތުރުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-