-Advertisement-

-Advertisement-

ރައީސްގެ އަމާޒަކީ މާލެ ފެންވަރަށް އައްޑޫ ތަރައްގީކުރުން

ރައީސް ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ވާހަކަ ފުޅުދައްކަނީ. ފޮޓޯ: ޕީޕީއެމް ފޭސްބުކް

ވައުދުވީ ކަންކަން ރަނުން ރަނަށް ފުއްދިގެންދާއިރު މާލެ އާއި އެއްފަރަށް އައްޑޫ ސިޓީ ތަރައްގީކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫގައި އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެއާއި އެއް ފެންވަރުގައި ރާއްޖޭގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްކަމަށާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅު ތަރައްގީވެގެން އަންނައިރު އެ ސަރަހައްދުގެ މައި މަރުކަޒަކަށް ވާނީ އައްޑޫ ސިޓީ ކަމަށް ވިދާޅުވި އެވެ. އެގޮތުން އައްޑޫސިޓީގެ ހުރިހާ ކަމެއް މާލެއާއި އެއް ފެންވަރެއްގައި ތަރައްގީކުރެއްވުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެއާއި އެކު ރައީސް  ވިދާޅުވީ މާލެ ގޮތަށް ރާއްޖޭގެ ސަރަހައްދުތަކެއް ތަރައްގީކޮށްގެން ނޫނީ މުޅި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ ކަމަށާއި،ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އައްޑޫ ތަރައްގީވެގެން އަންނައިރު އައްޑޫ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހިގެންދާނެ ކަމަށެވެ.


އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ހެދުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއު މިއަހަރު ތެރޭގައި ފަށާނެ ކަމަށާއި އަމާޒަކީ މިދައުރުގެ ތެރޭގައި އެމަސައްކަތް ނިންމާލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށްޓަކައި އިތުރު އެއާލައިންތަކުގެ ދަތުރުތައް އައްޑޫއަށް ފެށޭނެ ގޮތެއް ހޯދަމުންދާ ކަމަށެވެ. އަދި މިހާރު ދަތުރުކުރަމުންދާ ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އިތުރުކުރެވޭތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މިސަރުކާރުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ޓޫރިޒަމް މަޝްރޫއުއައްސޭރި ޕްރޮޖެކްޓާއި އަދި ކުރިން ޕްލޭންކޮށްފައި އޮތްހަންކެނޑެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އައްޑޫގެ ބައެއް މަގުތައް މިހާރު ހަދާފައިވާ ގޮތް ކަމުނުދާތީވެ އެފަދަ މަގުތައްތާރުއަޅައިގެން އަލުން ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިޖަލްސާގައި އައްޑޫ އާއި އެހެން ރަށްތަކުގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެހެންކަމުން އެއްވެސްމަޝްރޫއެއް ފަސްނުކޮށް އަދި އެއްވެސް ވަގުތެއް ބޭކާރު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-