އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ރާއްޖެއިން ފައިބަންހަމަޖެހިފައިވާ ދެވަނަ ގްރޫޕު މި މަހު ނުވަވަނަ ދުވަހު ރާއްޖެ ގޮސްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތަށް ރާއްޖެއާ އިންޑިއާއާ ދެމެދު ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް ސިފައިން ފޭބުމުގެ މަސައްކަތްހިނގަމުން އަންނަކަމަށާއި،
އެންމެ ފުރަތަމަ ރާއްޖެއިން ގެންދިޔައީ އައްޑޫގައި ތިބި 25 ސިފައިންނެވެ.
މީގެ އިތުރުން ލ. ކައްދުއާއި ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން ތިއްބެވެ. އެ ތަންތަނުގައި ތިބި ސިފައިން ގެންދާނީ މޭ 10ގެ ކުރިންނެވެ.
އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސްވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.