-Advertisement-

-Advertisement-

‎ކަނޑޫދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި، ތ. ކަނޑޫދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އާއި ރޭ ދަންވަރު އެރަށަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭތަކަށްވެސް ފެން ވަދެފައިވީ ނަމަވެސްފެންގަނޑު މިހާރު ވަނީ ހިނދިފައިއެވެ.

ބޯކޮށް ވާރޭ ވެހިއްޖެނަމަ އެރަށުގައި އާންމުކޮށް ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށާއި އެ ސަރަހައްދުގެއަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެހެންކަމުން އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ހާއްސަކޮށް ކަނޑު ދަތުރު ކުރާފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-