-Advertisement-

-Advertisement-

‎އައްޑޫގެ ރައްޔިތުން ތިބީ ހެޔޮ ބަދަލަކަށް އެދިއެދި‎: އަޒާން

ރައީސް މުއިއްޒު އަޒާންއާއި އެކު. ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ދާއިރާތަކަށް އެއްބަޔަކު ހޮވައިގެން ތަރައްގީ އަށް އުއްމީދު ކުރާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި، އެހެންނަމަވެސް ވީ ކަމެއްނެތް ކަމަށް މި ހިނގާ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ ރޭގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީއެންސީ އިން އައްޑޫ ހިތަދޫ ހައި ސްކޫލުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޒާން ވިދާޅުވީ، އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ ދިނުމުންވެސް ރައްޔިތުން ފުއްދުންތެރި ބަޔަކަށް ހެދިފައި ނުވާއިރު، އައްޑޫގައި ތަަރައްގީ ކުރާނެ ކަމަށް ބުނި8،000 އެނދު ތަރަަައްގީ ނުކުރެވޭ ކަމަށާއި، ފަސް މަންޒިލުން ފްލައިޓު ނައިސް ރިސޯޓު ވެސް ނުހުޅުވުނު ކަމަށެވެ

އައްޑޫގެ ރައްޔިތުން ތިބީ ހެޔޮ ބަދަލަކަށް އެދިއެދި ކަމަށާއި، ތަރައްގީ ގެނެވޭނީ މި ސަރުކާރާ ގުޅިގެން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ،އެބޭފުޅާ ހިތަދޫގެ މެދުދާއިރާގެ ގޮނޑި އަށް ވާދަކުރައްވަނީ އަރާމާއި އިއްޒަތުގެ ބޭނުމުގައި ނޫން ކަމަށާއި ރަށަށް ތަރައްގީ ގެނައުމަށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-