-Advertisement-

-Advertisement-

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިވަގުތު ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށެވެ.

އެގޮތުން މިއަދު މެންދުރު 13:30 އިން ފެށިގެން ހަވީރު 17:30 އާއި ހަމައަށް އެސަރަހައްދުތަކަށް ރީނދޫ ސަމާލު ވަނީ ނެރިފައިއެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެއުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-