ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) އާއި ސައިދީ ޑިފެންސް މިނިސްޓްރީއާ ކޯޑިނޭޓްކޮށްގެން އޮޕަރޭޓްކުރާ 45 ވަނަ އެހީގެ މަތިންދާބޯޓު ޣައްޒާގެ ފަލަސްތީން ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެތިހިފައިގެން ހުކުރު ދުވަހު މިސްރަށް ހިނގައްޖެއެވެ.
މި އެހީއަކީ ފަލަސްތީނުގެ ރައްޔުތުންނަށް އެހީވުމަށް ޒަމާނުއްސުރެ ސައުދީން ހިންގަމުންދާ ހަރަކާތްތަކުން ބައެއްކަމަށް ސައުދީގެ ޕްރެސް އޭކެންސީއިން ބުނެފައިވެއެވެ.
ގައްޒާގައި ސާފު ފެން ނެތުމުގެ ސަބަބުންނާއި ފިނިހޫނުމިން މަތިވުމުގެ ސަބަބުން ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ވަނީ އިތުރުވެފައެވެ. ތަޣައްޔަރުވެފައިވާ ފެނާއި ސާފުތާހިރުކަން ދައްވުމަކީ ކޮލެރާ، ބޭރަށްހިންގުން އަދި ހެޕަޓައިޓިސް އޭ ފަދަ ބަލިތައް ފެތުރެން މެދުވެރިވާ ކަމެއްކަމަށް ދުނިޔޭގެ ސިއްޙައްތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ނިމިދިޔަ އަހަރު އޮކްޓޯބަރު މަހުގެ މެދުތެރެއިން ފަށައިގެން އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން 5 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން 105،000 އަށް ވުރެ ގިނަ ކުޑަކުދިން ބޭރަށް ހިންގުން ޖެހިފައިވާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ.