-Advertisement-

-Advertisement-

ރަސްމީ ދަތުރުފުޅެއްގައި ރައީސް ފ. އަތޮޅަށް

ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ފ. އަތޮޅުގެ ބައެއް ރައްތަކަށް ޒިޔާރަތްކޮށް, އެރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ. ރައްޔިތުންގެ ހިޔާލު ހޯއްދަވައި ތަރައްގީއަށް ބޭނުންވާ ކަންކަމާއި މަޝްވަރާ ކުރާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މިހާތަނަސް 162 ރަށެއްގެ ކައުންސިލް އާއި ބައްދަލުކޮށް މަޝްވަރާކުރައްވާފައިއެވެ. އަދި ރައީސްގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން މީހުން ދިރުއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ދަތުރުކުރުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-