-Advertisement-

-Advertisement-

ޑްރޯންތަކާއި، މިސައިލްތަކުން އިޒްރޭލަށް ހަމަލާއެއް އީރާނުން ދީފި

އެންޓި މިސައިލް ސިސްޓަމް އިން ޑްރޯންތައް ގޮއްވާލުމަށް މިސައިލް ފޮނުވާނީ. ފޮޓޯ: ރޮއިޓަރސް

އީރާނުން 100 އަށްވުރެގިނަ ހަނގުރާމަ މަތީ ޑްރޯންއާއި މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ހަމަލާތަކެއް ރޭ ދަންވަރު އިޒްރޭލަށް ދީފެއެވެ.

އީރާންއާއި އުރުދުންގެ މަތިން އުދުހެމުން ދިޔަ 10 ވަރަކަށް ޑްރޯން ފެނިފައިވާ އިރު، އެމެރިކާގެ އޮފިޝަލުން ބުނީ އެމެރިކާގެ އަސްކަރިއްޔާއިން ބައެއް ޑްރޯންތައް ބަޑިޖަހާ ވައްޓާލައިފައި ވާނެކަމަށެވެ. އަދި އިޒްރޭލް އަޔަން ޑޯމް (އެންޓި މިސައިލް ސިސްޓަމް) އިން ޑްރޯންތައް ވައިގައި ވަނިކޮށް ގޮއްވާލާ މަންޒަރު މީސްމީޑިޔާގައި ދައުރުވާ ވީޑިޔޯތަކުން ފެނެއެވެ.

ސައިރެންގެ އަޑާއި ބާރު އަޑުތަކުން އިޒްރޭލް ގުގުމާލައިފައިވާއިރު ގެއްލުމެއް ލިބުނުކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާކަމަށް އިޒްރޭލްގެ އެމްބިއުލާންސްގެ ހިދުމަތުން ބުނެފައިވެއެވެ.

އޭޕްރީލް މަހު އެއްވަނަ ދުވަހު ދިމިޝްގުގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމާއެއްގައި ދެ ސީނިއާ ކޮމާންޑަރުން ހިމެނޭހެން ހަތް އޮފިސަރަކު މަރުވި ހާދިސާއާއި ގުޅިގެން އީރާނުން ވަނީ ބަދަލު ހިފުމުގެ ހަމަލާތަކެއް ދޭނެކަމަށް ކުރިން ބުނެފައެވެ. އަދި އެ ހަމަލާތަކަކީ އިޒްރޭލު ޖަރީމާތަކަށް އަދަބު ދިނުންކަމަށް ސިފަކޮށްފައި ވެއެވެ.

މި ހަމަލާތަކާއި ގުޅިގެން އުރުދުން (ޖޯޑަން)، ލުބުނާން އިރާޤު އަދި ކުވައިތުގެ ވައެގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އުރުދުންގައި ކުއްލި ނުރައްކަލުގެ ހާލަތުވަނީ އެޢުލާން ކޮށްފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-