-Advertisement-

-Advertisement-

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު 7 ދުވަސް ފަހުން މަރުވެއްޖެ

ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެމުން ދިޔަ ޒުވާނަކު 7 ދުވަސް ފަހުން މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނިރޮޅު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ، ރޭދުވާ، ދ. ކުޑަހުވަދޫ، މުހައްމަދު ވިޝާލް އަށެވެ. އެ ދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން ގެންދިޔަ އިރު، އޭނާ މަރުވެފައި ވަނީ އިއްޔެއެވެ.

މި އެކްސިޑެންޓު ހިނގި ދުވަހު ފުލުހުން ވަނީ، އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު ބަޔަކު ތިބި ނަމަ ފުލުހުންނަށް އެކަމުގެ މައުލޫމާތު ދިނުމަށް އެދި ބަޔާނެއް ވެސް ނެރެފައެވެ. ނަމަވެސް މި އެކްސިޑެންޓާ ބެހޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީނާ އަކީ ހުޅުމާލޭގައި ހުންނަ އެސްޖޭ މޯލްގެ މުވައްޒަފަކަށް އުޅުނު ޒުވާނެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-