-Advertisement-

-Advertisement-

އުޅެން ދަތިވާ ވަރަށް ފެން ވަން 5 ގެއެއްގެ 34 މީހުންނަށް ވަގުތީ ބޯހިޔާވަކަން ހަމަޖައްސައިދެނީ

ފެން ވަނުން ހުއްޓުވުމަށް ބަސްތާ ޖަހާފައި – ފޮޓޯ: ނިއުސްލެބް

އުޅެން ދަތިވާ ވަރަށް ފެން ވަން 5 ގެއެއްގެ 34 މީހުންނަށް ވަގުތީ ބޯހިޔާވަކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ލިބިފައިވާ ގޮތުގައި ރެޕިޑް އެސެސްމަންޓް ހެދިއިރު އުޅެން ދަތިވާވަރަށް ފެން ވަދެ ގެއްލުން ވެފައިވާ 9 ގެއެއް ވަނީ ފާހަގަ ކުރެވިފައިއެވެ.

އެ 9 ގޭގެ ތެރެއިން 5 ގެއެއްގެ 34 ފަރާތެއް ވަގުތީ ބޯހިޔާ ވަހިކަމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަމުން ދާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހި ކަމާއެކު ކެއިން ބުއިންވެސް ހަމަޖައްސައި ދޭނެ ކަމަށާއި،  އަދި މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ފެށޭ ދުވަހަކަށް ވުމާއެކު ސްކޫލު ދަރިވަރުންނަށް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުން ދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-