-Advertisement-

-Advertisement-

ރޮނާގެ މައްސަލަ އިތުރަށް ބެލުމަށް އެފްއޭއެމް ކޮމިޓީއަށް

ހުއްރިއްޔާއިން މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން ރޮނާ ފޮޓޯ؛ ވަން ސްޕޯރޓްސް

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން ގެންދާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ މިއަހަރުގެ މުބާރާތުގެ ތެރެއިން ހުއްރިއްޔާ ވެޓެރަންސް ޓީމަށް ކުޅުނު ފޯވާޑް، އާދަމް ލަރީފް (ރޮނާ) ހިންގާފައިވާ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށް، އެފްއޭއެމްއާ ގުޅިގެން ވެޓެރަންސް މުބާރާތް އިންތިޒާމް ކުރާ ކްލަބް އިވެންޓްސް އިން ބުނެފިއެވެ.

ވެޓެރަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ހުރާ އާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ހުޅުމާލެ ވެޓެރަންސް އަށް ޕެނަލްޓީއެއް ދޭން ނިންމުމުން އެކަމާ ރޮނާ ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާއިރު، ހުޅުމާލެ ވެޓެރަންސް އިން ޕެނަލްޓީ ކާމިޔާބުކޮށް، 2-1 އިން ކުރިހޯދުމާ އެކު، މެޗުގެ ރެފްރީ ޒަހީރު ހުސެއިންއާ ބޭ އަދަބީ ބަހުން މުއާމަލާތުކޮށް ހަމަލާދޭން މަސައްކަތް ކުރުމުން އޭނާއަށް ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދެއްކިއެވެ.

އޭގެ ފަހުން ރޮނާ ރުޅި އައިސް ރެފްރީއަށް ހަމަލާ ދީފައިވެއެވެ.

އެފްއޭއެމާ ގުޅިގެން ވެޓެރަންސް ލީގު ހިންގާ ކްލަބް އިވެންޓްސް އިން ބުނީ، ރެފްރީ އަށް ހަމަލާދީ ފުޓްބޯޅަ މެޗެއްގެ ތެރޭގައި މާރާމާރީ ހިންގާފައިވާތީ، ރޮނާ، މުބާރާތުގެ ބާކީ ހުރި ހުރިހާ މެޗަކުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އަދި ކްލަބް އިވެންޓްސް އިން ރާވާ ހިންގާ ހުރިހާ މުބާރާތަކުން، “ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރަން ނިންމާފައިވާ” ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-