-Advertisement-

-Advertisement-

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

ރައީސް ޔާމީން -- ފޮޓޯ: ނިއުސްލެބް

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެއްސީއަށް އެ މައްސަލަ ހުށަހެޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

މި ހިނގާ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންނަށް ރޭ އައްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވެފައިވަނީ ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް، ހަތަރު މަސް ވީ އިރުވެސް، އެ މައްސަލައިގައި ހުކުމް ނީއްވައި ލަސްކުރަމުންދާތީ ދޭހަ ވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވެފައިވަނީ ޔާމީން ޝަރީއަތް ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ވަކި ސަރުކާރަކަށް ވުމުން، ވަކި ބަޔަކު އިންސާފުން އެއްކިބާވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށާއި ހާއްސަކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމް ކޮންމެ ސަރަކާރަކުން ވެސް ދޭން ޖެހޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-