-Advertisement-

-Advertisement-

އެމްޑީޕީން ނެރުނު ބަޔާން ޕީއެންސީއިން ދޮގު ކޮށްފި

ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މަޖިލިސް އިންތިހާބަށް ނުފޫޒުފޯރުވުމަށް ފާޅުގައި ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ އެމްޑީޕީން ނެރުނީ ދޮގު ބަޔާނެއް ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރެއް ނުދައްކާވެ ކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގައި ސަރުކާރު މުވައްޒަފުން އެ މީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުން ވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.

އެމްޑީޕީގެ އެ ވާހަކަތައް ދޮގުކޮށް ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ ހަރަކާތްތަކުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މިހާރުވެސް ބައިވެރިވާ ކަމަށާއި، އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަކީ އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއް ނަމަވެސް، ޕީއެންސީ ސަރުކާރަކީ އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ސަރުކާރެއް ނޫން ކަމަށެވެ.

މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ އެމްޑީޕީން ނޫސްބަޔާނެއް ނެރުނީ، ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސްފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ވަޒީފާގެ ބިރު ދައްކައިގެން ޅ. ހިންނަވަރު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނަށް ވޯޓުދޭން މަޖުބޫރު ކުރުވަން ގޮވައިލި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

އެގޮތުން ރައީސް މުއިއްޒުއަށް ދަންނަވައިގެން، ފެލިވަރުގައި މަސައްކަތްކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް ކެނޑިޑޭޓަށް ދީގެން، އެ ފަރާތް ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތެއް ހައްދަވައި ދިނުމަށް، އެ ޖަލްސާގައި އިންނެވި ފިޝާރީޒް މިނިސްޓަރު އަރިހުން އެދޭ ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް އެކަން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދި މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށްވެސް ވަނީ ވިދާޅުވެވަނީ ޓްވީޓް ކުރައްވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-