-Advertisement-

-Advertisement-

ގޮނޑި ގެއްލޭ ބިލް އަދިވެސް ތަސްދީގު ނުކުރާތީ ކަންބޮޑުވުން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މަހު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުުކުރައްވައި ލަސްކުރައްވާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި ހިނގާ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް އެމްޑީޕީގެ ލީޑަޝިޕުން ކުރަމުން ގެންދާ ދަތުރުގެ ތެރެއިން ގއ. މާމެންދޫއަށް ވަޑައިގެން އެރަށުގެ ސަޕޯރޓަރުންނާއި ބައްދަލު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެންޓި-ޑިފެކްޝަން ބިލު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީ އަށް އެޅޭ ހުރަހެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން އުޅުއްވާކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށާއި، އަދި އެ ބިލް އަނބުރާ ފޮނުއްވިޔަސް، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ފާސްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބުނެފައިވާ ބިލް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހެ އެވެ. ރައީސް އެކަމަށް ގޮތެއް ނުނިންމަވައި އުޅުއްވަނިކޮށް މާދަމަ އެ މުއްދަތު ހަމަވާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-