-Advertisement-

-Advertisement-

އަންހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ މީހާ. ފޮޓޯ؛ ޖީޒާ ދަރިފުޅުގެ ފޭސްބުކް

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޖީޒާ އަލީ ނަމަކަށް ކިޔާ އަންހެނެކެވެ. އެމީހާގެ ދަރިފުޅު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ މިއަދު ހެނދުނު 07:30 އެހާކަންހާއިރު އެމީހުން ދިރިއުޅޭ ގޭގެ ތިރީގައި ހުރި ފިހާރައަކަށް ދިޔަގޮތަށް ގެއަށް ނައިސް ގިނައިރު ވެގެން ބެލިއިރު އެ ސަރަހައްދުން ފެނިފައިނުވާކަމަށެވެ.

އެ އަންހެން މީހާ ގެއިން ނުކުތް އިރު ލައިގެން ހުރީ ރީނދޫ ކުލައިގެ ކުރުތާއެއް ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

އާއިލާއިން ވަނީ ޖީޒާ އަލީ (ފަޒްލާ) ފެނިއްޖެ ނަމަ 9523866 އަށް ގުޅުއްވައިދެއްވުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-