-Advertisement-

-Advertisement-

މެދުއިރުމަތީ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކޮއްފަ

ފްލައިޓްރާޑާ24 އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް

އިރާންއިން އަސްކަރީ ހަމަލާތަކެއް އިސްރާއީލަށް ދިނުމާއި އެކުގައި އެ ސަރަހައްދުގެ ގިނަ ވައިގެ ސަރަހައްދުތައް ވަނީ ބަންދުކޮއްފައެވެ.

ވައިގެ ސަރަހައްދަކީ ކޮންމެ ގައުމެއްގެވެސް ބިމުގެ މަތިން 20 ކިލޯމީޓަރާއި (65,000 ފޫޓް) ހަމައަށްވާ ވައިގެ ސަރަހައްދެވެ. މި ސަރަހައްދަކީ އެ ގައުމެއްގެ ކޮންޓްރޯލްގައި އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދުގެ މަތިން ދަތުރު ކުރާ ނަމަ އެގައުމެއްގެ ކަމާ ބެހޭ އިދާރާއަކުން ހުއްދަ ހޯދަންޖެހޭނެއެވެ. އާންމުކޮށް ކުރާ ޕަސެންޖަރުން އުފުލާ މަތިންދާބޯޓުތައްވެސް އަމަލުކުރަނީ މި ބީދައިންނެވެ. މި ވައިގެ ސަރަހައްދު ބަންދުކުރުމުގެ އިހްތިޔާރުވެސް އެގަމަކަށް ލިބިގެންވެއެވެ. އެގޮތުން ސަލާމަތީ ރައްކާތެރިކަމަޓަކައި ވަގުތީ ގޮތުން ވައިގެ ސަރަހައްދު ބަންދު ކުރުމަކީ އާންމު އުސޫލުން ކުރަމުންދާ ކަމެކެވެ.

މި މަހު އެއްވަނަ ދުވަހު އިސްރާއީލުން ދިމިޝްކުގައި ހުންނަ އިރާންގެ އެމްބަސީއަށް ހަމަލާދީ 2 ޖެނަރަން އާއި އިތުރު 5 މީހުން މަރާލުމާއި ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ހޫނުވެފައިއެވެ. އަދި އިސްރާއީލުގެ މި ހަމަލާގެ ރައްދުގައި އީރާން އިން ހަމަލާދޭނެ ކަމަށް އިރާން އިން ވަނީ ބުނެފައިއެވެ. ރޭގެ ވަގުތެއްގައި އިރާންއިން ވަނީ އިސްރާއިލަށް ޑްރޯންއިން ހަމަލާދީފައިއެވެ. މި ހަމަލާތަކަކީ ގިނަ ހަމަލާތަކެއްގެ ފެށުން ކަމަށް މާޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިރާންގެ ހަމަލާތަކާއި އެކުގައި އެސަރަހައްދުގެ ގައުމުތަކުން ވަނީ އިގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮއްފައިއެވެ. އަދި ބައެއް ގައުމުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮއްފައިއެވެ. ސީރިޔާ. އިރާގް, ލިބަނަން, ޖޯޑަން, އަދި ކްވައިތުން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮއްފައިވާއިރުގައި އެގައުމުތަކުން ބުނެފައިވަނީ އެމެރިކާގެ އަސްކަރީ ބޭސްތަކުން އިރާންއާއި ދެކޮޅަށް ހަމަލާ ދިނުމަށް އެގައުމްތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

އެމެރިކާއާއި އިންގިރޭސިވަލާތުގެ ވައިގެ އުޅަދުތައް ދަނީ އެސަރަހްދުގައި ހަރަކާތްތެރިވެ އިސްރާއީލަށް އަމާޒުކޮށް ފޮނުވާ މިސައިލްތަށް ހަލާކުކުރަމުންނެވެ. އިރާން އިން ބުނެފައިވަނީ އިސްރާއީލަށް މިދޭ ހަމަލާތަކަށް ހުރަސް އަޅާ ފަރާތްތަކަށްވެސް އިރާންއިން ބަދަލުގައި ހަމަލާ ދޭނެ ކަމަށެވެ. އަދި ރަޝިޔާއިންވެސް ވަނީ އެމެރިކާއިން އިރާންއަށް ދޭ ހަމަލާގެ ދިފާއުގައި އިރާންއަށް އެހީ ވާނެ ކަމަށް ބިނެފައިއެވެ.

އިސްރާއީލުން ފަލަސްތީނުގައު ކުރަމުންދާ ހަނގުރާމައަށް މިހާރު 6 މަސްވެފައިވާއިރުގައި, މި ހަނގުރާމަ ހުއްޓާލުމަށް މެދުއިރުމަތީގެ ގައުމުތަކުންނާއި, އެސަރަހައްދުގައި ހަރަކާތްތެރިވާ އަސްކަރީ ޖަމާއަތްތަކުންދަނީ ގޮވާލަމުންނެވެ. އިސްރާއީލުން އިރާންގެ އެމްބަސީއަށް މިދިން ހަމަލާގެ ސަބަބަން މި ހަނގުރާމަ މެދުއިރުމަތީގެ އިތުރު ސަރަހައްދުތަކަށް ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-