-Advertisement-

-Advertisement-

ލޯކް ސަބާ އިންތިހާބުގައި ގޮނޑި ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބޮތް: ބަތަލާ ކަންގަނާ

ބަތަލާ ކަންގަނާ ރަނާވަތު

މި މަހު ފަށާ އިންޑިއާގެ ލޯކް ސަބާ އިންތިހާބުގައި ވާދަކޮށް ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

ކަންގަނާ ވާދަ ކުރަނީ ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި އޭނާގެ އުފަން ސްޓޭޓްކަމުގައިވާ ހިމާޗަލް ޕްރަދޭޝްގެ މަންޑީއަށެވެ. ކަންގަނާ ބުނީ މިހާތަނަށް ކުރިމަތިލި ގިނަ ކަންކަން ކާމިޔާބުކޮށްފައިވާކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ހޯދި ކުރިއެރުންތަކާއި ކާމިޔާބީތަކަކަކީ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.

ހަތަރު ނެޝަނަލް އެވޯޑް ފިލްމް އިންޑަސްޓްރީގެ ދާއިރާގައި ހޯދާފައިވާ ބަތަލާ ކަންގަނާ ބުނީ ބޮލީވުޑަކީ މަސައްކަތް ކުރަން ފަސޭހަ ތަނެއް ނޫން ކަމަށާއި ހާއްސަކޮށް ނުފޫޒު ގަދަ މީސްމީހުންގެ ފަރާތުން އެތައް ތުރާލަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންވެ އެ އިންޑަސްޓްރީގައި ބަލިނުކުރެވޭނެ މީހަކު ނުހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޯކް ސަބާގެ އިންތިހާބު ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. މި އިންތިހާބުގެ ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދާއިރު، ވޯޓްލުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިގެންވެ އެވެ. ލޯކް ސަބާގެ 543 ގޮނޑި އަށް މެންބަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-