-Advertisement-

-Advertisement-

އިރާނުން އިސްރާއީލަށްދޭ ހަމަލާގެ ރައްދުގައި ހަމަލާ ނުދޭނަން: އެމެރިކާ

ސްޓޭޓް އޮފް ޔޫނިއަން ގައި ބައިޑަން ތަގުރީރު ކުރައްވަނީ – ފޮޓޯ: އެންއާރޕީ

އިރާންއިން އިސްރާއީލަށްދޭ ހަމަލާގެ ބަދުލުގައި އިރާންއަށް ހަމަލާ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑަން މިހެން ވިދާޅުވެފައިވަނީ އިސްރާއީލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ފޯނުން ގުޅައި ދެއްކި ވާހަކަތަކުގައެވެ. ބައިޑަން އެފަދައިން ބުނެފައިވާކަން އެމެރިކާގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. އިރާންއަށް ހަމަލާ ނުދިން ކަމުގައި ވިޔަސް އިރާންގެ ހަމަލާތަކުން އިސްރާއީލު ސަލާމަތްކުރުމުށް މިހާރެވެސް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އިސްރާއީލުގައި ހަރަކާތްތެރި ވަމުންނެވެ.

އެމެރިކާގެ ވައިޓް ހައުސް އިން ބުނެފައިވަނީ އިސްރާއީލާއި އިރާން ދެމެދުގައި ހޫނުވެފައިވަ މި މައްސަލަތަކުގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ ބޮޑު ކޯޅުމަކަށްގޮސް މަސްލަހަތު ވަރަށް ގޯސްވެދާނެ ކަމަށެވެ. ރަޝީއާއިން ވެސް ވަނީ އެމެރިކާ މި މިއްސަލަތެރެއަށްވަދެއްޖެނަމަ އިރާންގެ ދިފާއުގައި އެމެރިކާއަށް ހަމަލާދޭނެ ކަމަށް ބުނެފައިއެވެ. އަދި ޗައިނާއިން ވެސް ވަނީ މެދުއިރުމަތީގެ މައްސަލަތު ގޯސްވުމުގައި އިސްރާއީލުގެ އިހުމާލު އޮތްކަމުގައި ބުނެފައިއެވެ.

އިރާން އިން ރޭ އިސްރާއީލަށް ހަމަލާ ދީފައިވަނީ މި މަހު 1 ވަނަ ދުވަހު ދިމިޝްގައި ހުންނަ އިރާން އެމްބަސީއަށް ޔަހޫދީ ސިފައިން ރޮކެޓް ހަމަލާއެއްދީ އިސް އޮފިޝަލުތަކެއް މަރާލުމާއި ގުޅިގެންނެވެ.

އިރާނުން ވަނީ ރޭގެ ވަގުތެއްގައި އިސްރާއީލަށް 300 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާއެއްދީފައިވެއެވެ. ރޭގެ ހަމަލާގެ ބަދަލުގައި އިސްރާއީލުން ހަމަލާއެއް ދީފަނަމަ އެއަށްވުރެ ވަރުގަދަ ހަމަލާތަކެއްދޭނަ ކަމުގެ އިންޒާރު އިރާންއިން ވަނީ ދީފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-