-Advertisement-

-Advertisement-

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

ގިރާވަރު ފަޅުގެ ބޮޑު ސަރަހައްދެއް ހިއްކާފައި / ފޮޓޯ: ސޯޝަލް މީޑިއާ

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު ހައުސިން މިނިސްޓްރީން އިތުރު ކުރަން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ފުރުސަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ މި މުއްދަތު 18 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ ރޭ 23:00 އާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނަކީ:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯއްޗެވެ.

ހައުސިން މިނިސްޓްރީން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަުން ހައުސިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ. ނަމަވެސް މި ގުރުއަތު ނަގާނެ ވަކި ތާރީހެއް މިނިސްޓްރީން އާންމު ކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-