-Advertisement-

-Advertisement-

ޝަޒީމާ ރަޝީދު: އޭރުވެސް މިހާރުވެސް ރައްޔިތުންގެ ހިދުމަތުގައި

ޕްރެކްޓިސް ޕާރލިމެންޓް ފޯ ވުމަން 2024 – ފޮޓޯ: ރައްޔިތުންގެ މަޖިލީސް މީޑިއާ

20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު އައިސް ބޯމަތިވެފައި ވާއިރު ކެމްޕެއިން ހަރަކާތްތައް ފޯރިއާއެކު ދަނީ ކުރިއަށެވެ. މި ދާއިރާތަކަށް އިންތިހާބު ކުރާނެ ފަރާތްތައް ހޮވުމުގައި ރައްޔިތުން ވިސްނާނެ އަދި ބަލާނެ ބައިވަރު ކަންތައްތަކެއްވެސް ހުންނާނެ ކަން ކަށަވަރެވެ. އެ ދާއިރާއަކުން ހޮވާ ކެންޑިޑޭޓެއްގައި ހުރި އިލްމާއި ހިލްމާއި ގާބިލު ކަމަށް ވެސް ނަޒަރު ހިންގާލަން ޖެހޭނެއެވެ. މަޖިލީހުގައި އެ ދާއިރާއެއްގެ އަޑު ކެނޑުނަ ނުދީ ހިފަހައްޓާލާނެ ކެންޑިޑޭޓަކު ހޮވުމީ ޝައްކެއް ވެސް ނެތް ގޮތުގައި އެ ދާއިރާއަކަށް އެންމެ ފައިދާ ވާނެ ގޮތެވެ.

މި ގޮތުން ބަލާއިރު ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރުމަށް 7 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ނުކުންނަ ދިލާވަރުގެ، ސ. ހިތަދޫ ޝަޒީމާ ރަޝީދު (ޝަޒީ) އަކީ ފުލުހުންގެ ވަޒީފާއަދާކުރުމަށްފަހު މަޖިލީހަށް ނުކުންނަ ފުރަތަމަ އަންހެން ކަނބަލެވެ.

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަޒީއަކީ ތައުލީމީ ގޮތުން ބެލިނަމަވެސް ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރެވޭ ފަދަ ކެންޑިޑޭޓަކަށް ވާނެއެވެ. ޝަޒީއަކީ އޯލެވެލް ނިންމުމަށް ފަހު އިންޑިއާގެ ނިއު ދިއްލީގެ އެންއައިޓީ ކޮލެޖުން ޑިޕްލޮމާ އިން އައިޓީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އަދި ފުލުހުންގެ ވަޒީފާގައި އުޅުން އިތު ތަފާތު ތަމްރީނު ޕްރޮގްރާމްތައް ޝަޒީ ވަނީ ފުރިހަމަކޮށްފައެވެ. ޝަޒީ ވަނީ ފުލުހުންގެ ފޮރެންސިކް ދާއިރާ، އެރެސްޓް ސްޓޭޝަންގެ އިތުރުން އައްޑު އަތޮޅު އެކި ޑިޕާޓްމެންޓު ތަކުގައި މަސައްކަތް ކުރައްވާފައެވެ.

މީގެއިތުރުން ޝަޒީ ވަނީ މުޅި ދުނިޔެ ރޮށްވާލި އާލަމީ ވަބާ ކޮވިޑު-19 ގެ ތެރޭގައި ރާއްޖޭން ބޭރުގެ ޑޮކްޓަރުންގެ ޓީމަކާއެކު އޮންލައިންކޮށް މަސައްކަތް ކުރައްވާފައެވެ. ޝަޒީ އަކީ ޑޮކްޓަރަކަށް ނުވިނަމަވެސް ގިނަ ބަލި ތަކެއްގެ މައުލޫމާތު ޝަޒީ ދަނެއެވެ. ހާއްސަ ކޮށް ހިތުގެ ބައްޔެވެ. ޝަޒީ ބުނިގޮތުގައި އޭނާ އެންމެ ގިނައިން މިހާތަނަށް ކުރި އެއް މަސައްކަތަކީ އާއިލާއާއި ރައްޓެހިންގެ އިތުރުން ނުދަންނަ މީހުންގެ ވެސް އާއިލާތަކަށް ދިމާވެފައިވާ ތަފާތު ބަލިތަކުގެ މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑޮކްޓަރުންނާ ހިއްސާކޮށް އެބަލި ތަކަށް ޝިފާ ހޯދައިދިނުމުގައި އެހީތެރިވެދިނުމެވެ.

އެންމެންނާވެސް ގުޅޭ، ހިތްތިރި ޝަޒީ އަކީ އަބަދުވެސް މީހުންގެ ކަންބޮޑުވުންތައް އަޑު އަހާ ސޯޝަލް މީޑިއާގައި އަޑު އުފުލަމުން ދާ ފަރާތެކެވެ. ޝަޒީ ދެކޭގޮތުގައި މިފަދަ މަގާމެއްގައި ތިބޭ ބައެއްގެ ޒިންމާ އަކަށް ވާން ޖެހޭނީ ހަމަހަމަ ކަމާއެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެމިތިބުމެވެ.

މިނިވަން ކެންޑިޑޭޓެއް ގޮތުގައި ނުކުތީ ހިތަދޫ ދާއިރާއަށް ބަދަލެއް ގެނައުމަށް!
ޝަޒީ މިނިވަން ކެންޑިޑޭޓެއް ގޮތުގައި ހިތަދޫ ދާއިރާއަށް ނުކުތީ މި ދާއިރާއަށް ބަދަލެއް ގެނެސް ޒުވާން ޖީލުތަށް ގައުމުގެ މަސައްކަތަށް ނެރެ ބާކީވެފައިވާ ޒުވާނުންނަށް ދިރިއުޅެވޭނެ މަގެއް ފަހި ކޮށްދިނުމަށް ކަމަށް ޝަޒީ ބުނެއެވެ.

“ދާއިރާއަކަށް ކެންޑިޑޭޓެއް ހޮވުމުގައި ބަލަން ޖެހޭނީ ޕޯޑިއަމަކަށް އަރާ މޮޅެތި ސިޔާސީ ވާހަކަތައް ދައްކާ ބިޔަ މަޝްރޫތައް ހުށަހަޅާ ފަރާތެއް ނޫން. ފުރަތަމަ ވެސް އިންސާނަކަށް ވީތީ އިންސާނަކަށް ލިބެންޖެހޭ އިންސާނީ ހައްގުތައް ހޯދައިދީ އެކަމަށް ވަކާލާތު ކުރާނެ ފަރާތެއް މުހިންމީ.،” ޝަޒީ

ޝަޒީ ދެކޭގޮތުގައި އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވާ ބަޔަކަށް މިފަދަ މަގާމުތައް ރައްޔިތުން ދިނުމަކީ އެތައް ޖީލެއްގެ ކުރިމަގު ހަލާކުވެގެން ދާނެ ކަމެކެވެ.

ޝަޒީ އަކީ ދާއިރާގެ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދެވޭ ވަރުގެ ހިއްވަރު ގަދަ ކެންޑިޑޭޓެކެވެ. ޝަޒީ އެދެނީ ދާއިރާގެ ތަރައްގީއަށް ހުރި އެންމެ ރަނގަޅު ގޮތް ހޯދުމުގައި ރައްޔިތުން ރަނގަޅަށް ވިސްނާ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަމާ އެކަށީގެންވާ ގޮތަށް ވޯޓުދީ ކެންޑިޑޭޓު ހޮވުމެވެ. ޝަޒީ ދެކޭ ގޮތުގައި މަޖިލިސް މެމްބަރަކަށް އިންތިހާބު ވާކަށް ވަކި ޕާޓީއަކަށް ނިސްބަތް ވާކަށް ނުޖެހެއެވެ. ޖެހޭނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާށެވެ. ރައްޔިތުންގެ ދިފާއުގައި ބަސް ބުނާށެވެ. ރައްޔިތުން އެދޭ ފަދަ ބަދަލެއް ގެނެސްދޭށެވެ. މި ހުރިހާ ކަމެއް ކުރުމަށް ޝަޒީ ހުރީ އަތުކުރި އޮޅާލާ ތައްޔާރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-